6.2 މެގްނިޓިއުޑްގެ ބާރުމިނުގައި އެމެރިކާއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ބިންހެލުންތައް މޮނިޓާ ކުރަމުން އަންނަ އިދާރާއިން ބުނި ބިންހެލުން އައިސްފައި ވަނީ ޕެސިފިކް ކަނޑުގެ އަޑީގައި އޮންނަ ކެސްކެޑިއާ ސަބްޑަކްޝަން ޒޯނުގައި ކަމަށެވެ.
އަދި ބިންހެލުން އައިސްފައިވާ ސަރަހައްދަކީ އެމެރިކާގެ ކެލިފޯނިއާގެ ސެންފްރެންސިސްކޯއާއި ހުޅަނގުއުތުރުން 816 ކިލޯމީޓަރުގައި އޮތް ސަރަހައްދެކެވެ.
މި ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް އެލާޓެއް ނެރެފައި ނުވި ނަމަވެސް، އޮރެގަން އައްސޭރިފަށުގެ ބައެއް މީހުންނަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އިހުސާސްކުރެވިފައިވާ ކަމަށް އެ އިދާރާއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.



