މި އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލް ކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
މާލެ ސަރަހައްދާއި އަދި އަތޮޅުތަކުގައިވެސް އެ ޕްރައިމަރީގެ ވޯޓު ފޮށިތަށް ބަހައްޓާފައިވަނީ ސްކޫލުތަކުގައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ 14:30ގައެވެ. އަދި މިރޭ 20:00އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މިއަދުގެ ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މީގެތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.




