ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ މަދްތުވާތަކެތި އެތެރެކުރި ކުންފުންޏެއްގެ ވެރިޔަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ރޭގައި ނެރުނު ބަންދު އަމުރެއްގައި ބުނެފައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގދ.ތިނަދޫ، ގޯލްޑަން ހައުސް / މުހައްމަދު އާދިލް(57އ.) އެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ ގެ ނަމުގައިވާ ކުންފުންޏެއްގެ ނަމުގައި އެތެރެކުރި ޝިޕްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެެ. ނަމަވެސް އޭގެ ތަފްސީލެއް ބަންދު އަމުރުގައި ހާމައެއް ނުކުރެެއެވެ.
އެ ކުންފުންނަކީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއް ކަމަށާއި އަދި އެ ކުންފުނި ވިއްކާލަން އުޅެނީ އެ މައްސަލައިގައި ދެން ތުހުމަތު ކުރެވޭ ފަރާތަށްކަން އެނގިފައިވެއެވެ.
އޭނާގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖެހިއިރު ތުހުމަތުތަކަށް ބާރުލިބޭ ވަރަށް
ކަސްޓަމްސްގެ ލިޔުންތަކާއ،ި ފުލުހުންގެ ބަޔާންތަކާއ،ި ފޮޓޯ ރިޕޯޓު އަދި އެހެނިހެން ހެކި ގަރީނާ
ހުށަހަޅާފައިވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.



