އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށްޓަކައި ޚާއްސަަ ހަރަކާތެއް ބާއްވަން ސްޓެލްކޯއިން ނިންމައިފި އެވެ.
”ބީ އަ އިންޖިނިއަރ“ގެ ނަމުގައި މި ހަރަކާތް ބާއްވަން ސްޓެލްކޯ އިން ނިންމާފައިވަނީ ކުޑަކުދިންގެ ދުވަހުއެވެ.
ސްޓެލްކޯއިން ބުނީ، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި، ޚާއްސަ ހަރަކާތެއް ތަފާތު މާޙައުލަކުން ތަޖުރިބާއެއް ކުރުމުގެ ފުރުޞަތު ކުޑަކުދިންނަށް ދިނުމަށް ބޭނުންވާކަމަށެވެ. އެގޮތުން ”ބީ އަ އިންޖިނިއަރ“ ހަރަކާތަކީ އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށްޓަކައި ބާއްވާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
”ބީ އަ އިންޖިނިއަރ“ ހަރަކާތް ކުރިޔަށް ގެންދަން ހަމަޖައްސާފައިވަނީ 10 މެއި 2024 ވާ ހުކުރު ދުވަހު އެ ކުންފުނީގެ ހެޑް އޮފީހުގަ އެވެ. ހަރަކާތް ކުރިއަށްގެންދަނީ އެ ދުވަހުގެ ހެނދުނު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 ށް އަށެވެ.
މިޙަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމަށް ސްޓެލްކޯއިން އެދިފައި ވެއެވެ.



