ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
އެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވީ ނުރަސްމީ ދަތުރުފުޅެކެވެ. ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދެވަނަ ދަތުރުފުޅެވެ.



