ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އއ. ތޮއްޑޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އާރުޑީސީން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ތޮއްޑޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއު އަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތޮއްޑޫގައި ހިންގާ ޕްރޮޖެކްޓެއް ކަމަށްވެސް އާރުޑީސީގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ބިން ސާފުކޮށް ނިމުނުހާ އަވަހަކަށް ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.



