ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ލަންކާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ ހަމަނުޖެހުން ހިންގާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ފުލުހުން އޭރު ވަނީ އެ ސަރަހައްދަށްގޮސް އެ މީހުނަށް ނަސޭހަތް ދިނުމަށްފަހު އެ ސަރަހައްދުން ފޮނުވާލާފައެވެ.
އެގޮތުން އެކަމާއި ގުޅިގެން އެ ދެ މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށް ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ ލަންކާގެ ދެ މީހުން ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސްްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.
އެއީ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ (43އ) އާއި ޕްރިޔަންތަ ސިލްވާ ދެވަނިއްތިގޭ (46އ) އެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ 2026 ޖެނުއަރީ 18 ވަނަ ދުވަހު ކަމަށެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ފުލުހުން އިތުރަށް ބުނީ އެ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.



