އދ. ދިގުރަށުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މިއަދު ބުނީ ދިގުރަށު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި، އެ ރަށުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ދިގުރަށު ތުނޑީގައި ބަނގުރާ ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގާފައި ވަނީ މި މަހު 21 ވަނަ ދުވަހު ކަމަށެވެ.
އަދި އެ އޮޕަރޭޝަނުގައި، 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




