އައްޑޫ ސިޓީގައި ހުންނަ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ، ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި އިއްޔެ ކުރިއަށްގެންދިއަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދިން ކަމަށެވެ. އަދި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ބައިވެރިންނަށް، މުވައްޒަފުންނަށް ދަސްކޮށްދީފައިވާކަމަށެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ 14 މުވައްޒަފުން ބައިވެރިވި މި ސެޝަންތައް ނަގައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.


