ފުލުހަކާމެދު އެއްވެސް ޝަކުވާއެއްވާނަމަ ފުލުހުންގެ އިދާރާއަަށް އެކަމެއް ހުށަހަަޅައިގެން ހައްލުކުރުމަށް ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު، ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެދިވަޑައިގެންފި އެވެ.
ޝިފާން މިހެން ވިދާޅުވެފައިވަނީ، ފުލުހުންގެ އިސް އޮފިސަރަކު، ވިލާ ކޮލެޖުގައި ނަރުސްކަން ކިޔަވަމުން އަންނަ ދަރިވަރަކު ”ބްލެކްމެއިލް“ކޮށް ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ބުނާ މައްސަލަ އެއް ހިއްސާކޮށް ސޯޝަލް މީޑީއާގައި މީހަކު ހިއްސާކުރި ޕޯސްޓަކަށް ކުރެއްވި ”ކޮމެންޓް“ އެއްގަ އެވެ.
ސިއްހީ ދާއިރާގެ ކަންތައްތަކާމެދު އަޑުއުފުލަމުން އަންނަ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، މުހަައްމަދު އާތިފް އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ، ދިވެހި ފުލުހުންގެ އިންސްޕެކްޓަރު އިސްމާޢީލް ރަމީޒު އިބްރާހީމް ވިލާ ކޮލެޖް ގައި ނަރުސްކަން ކިޔަވަމުން އަންނަ ދަރިވަރަކު ”ބްލެކްމެއިލް“ ކޮށް ފައިސާ ހޯދަން މަސައްކަތްކުރަމުންދާކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ އޮފިސަރުގެ އަމަލުތައް ބެލޭނެ ވެރިއަކު ނޫނީ އިދާރާއެއް ދިވެހިރާއްޖޭގައި އެބަހުރިތޯ ސުވާލު އުފައްދަވާފައި ވެއެވެ.
މިކަމާއި ގުޅިގެން ތަރުޖަމާނު ޝިފާން ވިދާޅުވެފައިވަނީ، ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަޙްޤީގުކުރާ ބަހާއިން މި މަޢުލޫމާތު ޔަޤީންކޮށް އެކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި، ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅުއްވައިގެން ޙައްލުކުރެއްވުމަށް ޝިފާން އެދިވަޑައިގެންފައި ވެއެވެ.




