ޣައްޒާ އާއި މިޞްރު ގުޅުވައިދޭ ރަފަހް ބޯޑަރު އަންނަ ހަފްތާގައި އަލުން ހުޅުވާލާނެ ކަމަށް، ޣައްޒާ ހިންގުމަށް ކަނޑައަޅާފައިވާ ފަލަސްތީނުގެ ޓެކްނޮކްރެޓް ލީޑަރު އަލީ ޝާތު އިއުލާން ކުރައްވައިފިއެވެ
އެމެރިކާގެ ޓެކްނޯކްރެޓް ލީޑަރު އަލީ ޝާތު މިކަން އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ”ބޯޑް އޮފް ޕީސް“ އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްވިޒަލޭންޑްގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ހަރަކާތެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަދައްކަވަމުން އަލީ ޝާތު ވިދާޅުވީ އަންނަ ހަފްތާގައި ރަފަހް ބޯޑަރު ދެކޮޅަށް ހުޅުވާލާނެކަން އުފަލާއެކު އިއުލާން ކުރާ ކަމަށެވެ.
”ޣައްޒާގެ ރައްޔިތުންނަށް ރަފަހް އަކީ ހަމައެކަނި ދޮރެއް ނޫން، އެއީ ދިރިތިބުމުގެ އުންމީދެއް.“ އޭނާ ވިދާޅުވިއެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ހަނގުރާމަ ފަށައި ވަނީ ޣައްޒާ ހިސާރުކޮށްފައެވެ. އޭގެ ސަބަބުން މުޅި ޣައްޒާ ވަނީ ބަނޑަށްޖެހިފައެވެ.




