ނ. ވެލިދޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.
ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ވެލިދޫއަށް ކުރެއްވި ޒިޔާރާތުގައި
ރަައީސް ވަނީ މި އަހަރު ޖަނަވަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމް އެއް ޤާއިމްކޮށް ޝެޑިއުލް ދަތުރުތައް ފަށާނެކަން އިއުލާން ކުރައްވާފައެވެ.
ސީޕްލޭން ދަތުރުތަށް ފެށުމަށް ވެލިދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އަދި ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ވެލިދޫ ކައުންސިލް މެންބަރު ވަނީ ބައިވެރިވެފައެވެ.
ސީޕްލޭންގެ ހިދުމަތް ފެށުމާއެކު ފުރަތަމަ ފްލައިޓުގައި ގާތްގަނޑަކަށް 15 މީހުން ވަނީ ވެލިދޫއިން މާލެއަށް ފުރާފައެވެ. މީގެ ތެރޭގައި ދިވެހިންނާއި ފަތުރުވެރިންވެސް ހިމެނެއެވެ.





1 Comment
ވެލިދޫއަށް އައި ވަފްދުގެ 15 މީހުންދޯ