މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މާދަމާ، މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 08:00 އާއި މެންދުރުފަހު 12:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކަރަންޓު ކެނޑޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގެ ތެރޭގައި މާލެ ސިޓީ، ބާމިޔާ ގޯޅި، ބުރުޒު މަގު، ޗާންދަނީ މަގު، ދެވިނަ މަގު، ދިލްބަހާރު މަގު، ގުލްއަލާ ގޯޅި، އިސްކަންދަރު މަގު، ޖޯޝީ ހިނގުން، ކުރިކީލަ މަގު އަދި ނިކަގަސް ހިނގުން ހިމެނޭ ސަރަޙައްދުތައް ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.



