އއ. އުކުޅަހަށް ފޮނުވި 1000 ކިލޯވޮޓުގެ އައު އިންޖީނު ބޭނުން ކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
އުކުޅަހަށް އައު އިންޖީނެއް ފޮނުވާފައި ވަނީ އަތޮޅުތެރޭ އިންޖީނުގެތަކުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރު ކުރުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
ސްޓެލްކޯ އިން ބުނީ އެ މަސައްކަތުގެތެެރެއިން އއ. އުކުޅަހަށް ފޮނުވި 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރުސެޓު އެ ރަށަށް ގެންދެވި، ކޮމިޝަންކޮށް މިހާރު ބޭނުން ކުރަމުންދާ ކަމަށެވެ.
މިއާއެކު އުކުޅަހުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2564 ކިލޯވޮޓަށް އިތުރުކުރެވިފައި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.




