އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން(އަޔާޓާ)ގެ ތަމްރީންތައް ރާއްޖޭގައި ހިންގުމަށް އެކަމަށް ޚާއްސަ އިންސްޓިޓިއުޓޭއް ގާއިމުކުރުމާއި ގޫޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ޖަމްއިއްޔާގެ މި ސަރަަހައްދުގެ މެނޭޖަރު އަޒްހަރް އަޒަހަރީއާާއެކު މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މިއަދު މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި އޭވިއޭޭޝަން މިނިސްޓަރު މުހައްމަދު އަމީންއާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ ރާއްޖޭގައި އަޔާޓާގެ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުމާއި ގުޅޭގޮތުން ކަމަށެވެ. އަދި ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަޔާޓާއިން ކުރިމަގުގައި އެއްބާރުލުން ދެވޭނެ ގޮތްތަކާއި، އޭވިއޭޝަން ދާއިރާއަކީ، އަބަދުވެސް ތަރައްގީވަމުން އަންނާނެ ދާއިރާއަކަށް ހޭނުވުމުގެ އަޒުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



