މިދިޔަ ހޮނިހިރު ދުވަހު މީސްމީޑިޔާގައި ވައިރަލް ވެގެން ދިޔަ ޝައިޚް އިމްރާން ގެ ވީޑިއޯއެއް ގިނަ ބަޔަކަށް ވާނީ ފެނިފަ އެވެ.
އެ ވީޑިއޯގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ވިދާޅުވީ ނިކަމެއްޗެއްގެ ޕިކަޕުން ޝައިޚް އިމްރާނުގެ ކާރުގައި ޖެހިގެން އުޅޭ ވާހަކަ އެވެ. އަދި އެ ނިކަމެތި މީހާއަށް ކުރެވުނު ކުށައް މާފު ކޮށްދިނުމަށާއި، ކާރަށް ވީ ގެއްލުމުގެ ޚަރަދު ދެއްވާނެ ކަމަށް އިންތިހާބީ މެމްބަރު އިމްރާން، ޝޭޚު އިމްރާން ގާތުގައި ވިދާޅުވި އެވެ.

މި ވީޑިއޯގައި ދެ އިމްރާނުގެ ފަރާތުން ފެނުނީ ތަފާތު ދެ މަންޒަރެކެވެ. އިންތިޚާބީ މެންބަރު އިމްރާން، ޕިކަޕު ދުއްވި ނިކަމެތި މީހާގެ ކޮނޑުގައި އަތް އަޅާލައިގެން ހުންނަވާ އެ މީހާއާއަށް މާފު ކޮށްދިނުމަށް އެދެމުން ދިޔަ އިރު، ޝޭހު އިމްރާންގެ މޫނު މަތިން ފެންނަނީ ބޮޑާކަމާއި ރުޅިވެރިކަމެވެ.
ކޮންމެ އަކަސް މި ވީޑިއޯ ވައިރަލް ވެ، އިންތިހާބީ މެންބަރު އިމްރާނަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން ދިޔައިރު، ބައެއް ފާޑުކިޔުންތައްވެސް އަމާޒުވަމުން ދިޔައެވެ.
އިންތިހާބީ މެންބަރު އިމްރާން ލަތީފު ނުވަތަ އިންމު އަކީ ޕީއެންސީ ގެ މެންބަރެކެވެ. ރައީސް ޑރ. މުއިއްޒު އާއި ގާތް ބޭފުޅެކެވެ. ނަމަވެސް ހޯމަ ދުވަހުގެ ހެނދުނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ، މުއިއްޒު ނެންގެވީ ސިޔާސީ ގޮތުން ރައީސް އާއި ދެކޮޅު އިމްރާން ގެ ކޮޅެވެ. ދިފާއު ކުރެއްވީ އިދިކޮޅުގައި ހުންނެވި ޝޭޚު އިމްރާން އެވެ.
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ، އެއްވެސް މަޤްސަދެއްގައި ވީޑިޔޯކޮށް ޢާއްމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަންކަމެއްނޫން! ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި…
— Dr Mohamed Muizzu (@MMuizzu) May 6, 2024
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އެމްޑީޕީގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސީ އަދުއްވެއް ކަން ނޭނގޭ ބަޔަކޫ ނޫޅޭނެއެވެ. ރައީސް ޑރ. މުއިއްޒު ގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަށް އަޅުވާ، ކެމްޕޭން ޖަލްސާ ތަކުގައި ޝައިޚް އިމްރާން ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސީދާ ކޮށްނާއި، ނުސީދާކޮށް ރައީސް ޑރ. މުއިއްޒު އަށް އަމާޒުކުރައްވައި ޝައިޚް އިމްރާން ވަނީ އެތައް ބަދު ބަހެއް ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކެމްޕޭން ތެރޭގައި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝައިޚް އިމްރާން ވިދާވެފައިވަނީ ރައީސް ޑރ. މުއިއްޒު ގެ ”ސިޔާސީ ވަރަ ފެޅީ އަދާލަތު ޕާޓީގެ ހާލީގައި އޮވެ ކައިބޮއެގެން“ ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒު އަކީ ޝައިޚް އިމްރާން ”ކާންބޯންދީގެން ގެންގުޅުނު ފަރާތެއް“ ކަމަށް އިމްރާން ވަނީ އެ ޖަލްސާގައި ތުހުމަތު ކުރައްވާފަ އެވެ.
ޝައިޚް އިމްރާން އަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ބޮލުގައި ބޮޑެތި އެތައް ތުހުމަތުތަކެއް އަޅުއްވަމުން ގެންދަވާ ފަރާތެއްކަން ޤައުމުގެ ރައްޔިތުން ހެކިވާނެ އެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި، 2015 ގައި އޭރުގެ ރައީސް ޔާމީން އާއި ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޝައިޚް އިމްރާން ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ރައީސް ޔާމީންގެ އަތެއް ވާކަމަށާއި، އެކަމުގެ ކިތާބީ ހެކި އިމްރާން އަތުގައި އެބަހުރި ކަމަށެވެ. އަދި ކިތާބީ ހެކި ކަމަށް ބުނެ ހުސް ގަނޑުތަކެއް އެ މުޒާހަރާގެ ބައިވެރިންނަށް އިމްރާން ވަނީ ދައްކާފަ އެވެ.

މިފަދަ ފަރާތެއް ދައްކާ ވާހަކައަށް އިތުބާރު ކުރާނީ ކިހިނެތްތޯއެވެ؟ ޝައިޚް އިމްރާން އަކީ ރައްޔިތުން ބަލައިގަންނަ ފަރާތެއް ނޫންކަން މިފަހަރުގެ މަޖިލީސް އިންތިޚާބުގައި ވަރަށް ސާފު ކޮށް ފެންނަން އެބަ އޮތެވެ.
ރައީސް ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި ހެއްކެއް ޤަރީނާއެއް ނެތި އެތައް އިލްޒާމެއް އަޅުވާ، އެ މަނިކުފާނު ބަދުނާމުކޮށް އެކި ޕޯޑިއަމް ތަކުގައި ވާހަކަ ދައްކާފައިވާ އިމްރާނުގެ ދިފާއުގައި ނިކުންނެވުމުން ހާމަ ވަނީ ރައީސް ޑރ. މުއިއްޒު ގެ ހިތްތިރި ކަމާއި ޚުލްގުހެޔޮ ކަމެވެ. ސިޔާސީ ގޮތުން އެ މަނިކުފާނާއި ދެކޮޅަށް އަދާވާތްތެރިކަމާއި އެކު މަސައްކަތް ކުރި ފަރާތެއްގެ ދިފާއުގައި ނިކުންނަވާ ރައީސް ދެއްކެވީ ދުރޫސުލްއަޚުލާގާއި އޯގާތެރި ކަމުގެ ރިވެތި މިސާލެކެވެ.
ރައީސް ޑރ. މުއިއްޒު އާއި ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވި ޝޭޚް އިމްރާނަށް ރައީސް މާފުކޮށް، އިމްރާނުގެ ދިފާއުގައި ވާހަކަ ދައްކަވާ ސާބިތު ކޮށްދިން ކަމަކީ އެ މަނިކުފާނަކީ ސިޔާސީ ގޮތުން ބަދަލު ހިއްޕަވާނެ ފާރަތެއް ނޫން ކަމެވެ. ރައީސް ދެއްކެވީ ހެޔޮލަފާ ވެރިއެއްގެ ކިބައިން ފެންނަންޖެހޭ ނަމޫނާއެކެވެ. ތިމާއަށް ބަދުބަސް ބުނެ، ދެރަކޮށްލާ މީހާއަށް ހިތްހަލާސް ކޮށް މައާފު ކުރުމަކީ ތިމާގެ އަގު މާތް ﷲ ގެ ހަޟްރަތުގައި އެތައް ގުނައަކަށް އުފުލިގެން ދާނެ ކަމެކެވެ.




2 Comments
ތިޔަ ބުނާ އިމުރާނަކީ ޖިންސީ ފުރަައްސާކުރާ މީހެއް. ޢަންހެނެެއްގެ ލަދުވެތި ގުނަވަނުގަ ހިފާފަ ހުރި މީހެއް. ތީ ރެލެވަންޓް މީހެއް ނޫން
ޢިންމު ކަންތައް ކުރީ ބަރާބަރަށް. ސޭކު އިމްރާނަކީ ރައްޔިތުންގެ އެތަސް މިލިއަން ރުފިޔާއެއް ޕަކަޅާ ކޮށްލި ފަރާތެއް