”ބްލަޑް ބޭންކް“ އިން ލޭ ހުސްވާން ގާތްވެފައިވާތީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ތައްޔާރުވެއްޖެއެވެ.
މިކަންހާމަކޮށްފައި ވަނީ އެޗްޑީސީން ނެރުނު ބަޔާނެއްގައެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ، ލޭ ހަދިޔާކުރުމަށް އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގުޅިގެން މާދަމާ ބްލަޑް ޑޮނޭޝަން ކޭމްޕެއް ކުރިއަށްގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ މިއީ، ރާއްޖޭގެ ބްލަޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެއް ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީގެ ސްޓާފުންގެ ފަރާތުން އެހީތެރިވުން ކަމަށެވެ.



