ރޯދަ ހަދިޔާ ބެހުމުގައި އާރުޑީސީއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ އެ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އާރްޑީސީން ވަނީ މި ފެށޭ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ހާމަކޮށްފައެވެ.
”މިފެށޭ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ގުޅިގެން މި ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.“ އާރްޑީސީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެގޮތުން ގަލޮޅު ދަނޑުގައި ކަނޑައަޅާފައި ދެ ސްޓޭޝަނެއްގައި އެ ކޯޕަރޭޝަނުގެ މުވައްޒަފުން އަންނަނީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގައި ޙަރަކާތްތެރި ވަމުންކަމަށް އާރްޑީސީން ބުނެފައި ވެއެވެ.


