މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ރާއްޖެ، ހަތަރު ކެޓަގަރީއަކުން އެވޯޑް ހޯދައިފި އެވެ.
ދިވެހި ޜާއްޖެއިން ވަނީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024 އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024 އެވޯޑް ހާސިލުކޮށްފަ އެވެ.
މިއަދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާގައި، އެވޯޑްތަކާއި ހަވާލުވެވަޑައިގެންނެވީ،ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލާއި، އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި އެމްއެމްޕީއާރްސީގެ ސީއީއޯ ފާތިމަތު ތައުފީގުގެ އަދި ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލެވެ.
މި އެވޯޑްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އެއްވެސް ބަދަލެއްނެތި ރާއްޖެ އޮތްކަން ހާމަކޮށްދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، އަދި، އެމްއެމްޕީއާރްސީ އިން މެދުކެނޑުމެއްނެތި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގައި ކުރަމުންގެންދަވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.


