ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްޤީކުރި ”ޝަހީދު ޢަލީ“ ސްކޫލް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ސްކޫލް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މި ސަރުކާރުން ތަރައްޤީކޮށް ހުޅުވި ފުރަތަމަ ސްކޫލް ޝަހީދު ޢަލީ ސްކޫލަކީ، އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ސްކޫލެކެވެ.
އެ ސްކޫލު ރަސްމީކޮށް ހުޅުވުމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ސްކޫލް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އެ ރަސްމިއްޔާތުގައި، އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަހީދު އަލީ ސްކޫލް ރަސްމީކޮށް ހުޅުވުމުގެ ގޮތުން، އެ ސްކޫލްގެ ލޯގޯ ވަނީ އިފްތިތާޙްކޮށްފައެވެ. ެަެއަދި އެ ރަސްމިއްޔާތުގެ ތެރެއިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.
މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތައް ހިމެނޭ އެ ސްކޫލްގައި ކިޔަވައި ދޭނީ ގްރޭޑް 1-10 އާ ހަމައަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ 1،500 ކުދިންގެ ޖާގައިގެ އެ ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމު ހިމެނޭ ކަމަށެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭނަމަ 2500 ކުދިންނަށް ކިޔަވައިދެވޭނޭ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ ސްކޫލްގައި ޓާފްދަނޑަކާއި އިންޑޯ ކުޅިވަރުތައް ކުޅޭވޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވެއެވެ.
އަދި 400 ކުދިންގެ އޮޑިޓޯރިއަމަކާއި ލައިބްރަރީ އާއި ކޮމްޕިއުޓަރ ލެބާއި 3 ސައިންސް ލެބާއި އިންޑޯ ހޯލަކާއި ބޭރުގައިވެސް ކުޅިވަރު ކުޅޭވޭނެ އިންތިޒާމް އެ ސްކޫލްގައި ވަނީ ހަމަޖައްސާފައެވެ.
ޝަހީދު ޢަލީ ސްކޫލް ތަރައްގީކޮށްފައި ވަނީ އާރްސީސީއާ ހަވާލުކޮށްގެންނެވެ.




