މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އިންޑިއާގެ މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަޖިތު ޕަވާރް އަވަހާރަވެއްޖެއެވެ.
ބަރަމަޓީ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވީޓީ އެސްއެސްކޭގެ އެ މަތިންދާބޯޓު އެ ބޯޓު ވެއްޓިފައި ވަނީ ރަންވޭއިން ކަހާލައިގެންނެވެ. އެ ފްލަައިޓު ވެއްޓުނުއިރު އޭގައި ޕަވާރާއި އޭނާގެ ސެކިއުރިޓީ އޮފިސަރުންނާއި ޕައިލެޓުން ހިމެނޭހެން 6 މީހަކު ތިއްބެވެ.
ރިޕޯޓުތައް ބުނާގޮތުން މި ހާދިސާގައި އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކުވެސް ސަލާމަތްވެފައެއް ނުވެއެވެ.
ޑެޕިއުޓީ ޗީފް މިނިސްޓަރު ޕަވާރު ބަރަމަޓީއަށް ދަތުރުކުރެއްވީ ޒިއްލާ ޕަރިޝަދުގެ އިންތިހާބުގެ ކުރިން ހަތަރު އާންމު ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށެވެ.



