ދިވެހި ދައުލަތުގެ ފަރާތުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު މާދަމާ އިންޑިއާއަށް ވަޑަައިގަތުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ދަތުރުފުޅުގައި ވަޒީރު ޒަމީރު އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު އާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖޭގެ ހާރިޖީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ އިން މައުލޫމާތު ދެއްވިއެވެ.
ދެ ދުވަހަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ޒަމީރު ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.



