ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމެންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، އެ ފަރާތްތައް ފުލުހަށް ހާޒިރުވުމަށް ފުލުހުންގެ މުއްސަސާއިން އަންގާ އިއުލާންކުކޮށްފިއެވެ.
ތަހުޤީގަށް ހާޒިރުވާން ޖެހޭ ފަރާތްތަކަކީ:
- އާމިނަތު ޝީޒާ ޢަލީ، ހުޅުމާލެ.ފެއަރވިލެޖް- ގޯތިނަންބަރު 11168، (33އ)
- ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި، (42އ)
- ޢީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ (46އ)
- ޔޫސުފް މުޙައްމަދު ޒައީމް، ކ. މާލެ/ހ.ދިޔަދޫ (31އ)
މި ފަރާތްތަކުން މި ހިނގާ މޭ މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސާޖަންޓް އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑިންގް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާންޖެހޭނެ ކަމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.



