ޕާކިސްތާނާއި ބަންގްލަދޭޝްއާ ދެމެދު 14 އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ވައިގެ ދަތުރުތައް ފަށައިފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓެއް ޖައްސާފައިވަނީ އިއްޔެއެވެ.
ޕާކިސްތާން އެއާޕޯޓް އޮތޯރިޓީ (ޕީއޭއޭ) އިން ބުނީ ޑާކާއިން ކަރާޗީއަށް ދަތުރުކުރި ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓް (ބީޖީ-341) އިއްޔެ ހަވީރު ޕާކިސްތާނުގެ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ.
”މިއީ 14 އަހަރު ތެރޭގައި ޑާކާއިން ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފުރަތަމަ ފްލައިޓު،“ޕީއޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
”އަދި މިއީ ޕާކިސްތާނާއި ބަންގްލަދޭޝް ރަހުމަތްތެރިކަމުގެ އާ ބާބެއް.“ ޕީއޭއޭ އިން ބުނެފައި ވެއެވެ.
އެއްގައުމެއްގެ ގޮތުގައި ކުރިން އޮތް ބަންގްލަދޭޝް އާއި ޕާކިސްތާން ވަކިވެފައި ވަނީ 1971 ވަނަ އަހަރު ހިނގި ވަރުގަދަ ހަނގުރާމައަށްފަހުއެވެ.
ސާދަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށާފަައިވާ އިރު އެ ދެ ގައުމުގެ ދެމެދުގައި ހަފްތާއަކު ދެ ފަހަރު ވައިގެ ދަތުރު ކުރާނެއެވެ.




