ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އެރަށުގައި ހައުސިން ޔުނިޓުތައް އެޅުމަށް ބޭނުންވާ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހެދުމުގެ މަސައްކަތް މިއަދު ޗައިނާގެ ސައިނޯހައިޑްރޯ ކުންފުންޔާ ހަވާލުކޮށް، އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަންސް އިންފްރާސްޓްރަކްޗާ ޑރ، އަބްދުލް މުއްތަލިބު އެވެ. ސައިނޯހައިޑްރޯ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު ޕޭން ގުއާންޒޫ އެވެ.
ސައިނޯހައިޑްރޯ އަކީ ޗައިނާގެ ދައުލަތުގެ ހައިޑްރޯޕަވާ އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން ކުންފުންޔެކެވެ. 1950 ގައި އުފެއްދި މި ކުންފުނީގައި 10،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ސައިނޯހައިޑްރޯ އިން ވަނީ މީގެ ކުރީގައިވެސް ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގާފައެވެ.



