ރަހީނުން ބަދަލުކުރުމުގެ އެންމެ ފަހު މަރުހަލާގައި އިސްރާއީލުން ފަލަސްތީނުގެ 15 މީހުންގެ ހަށިގަނޑު އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްއާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ރަހީނުންގެ ތެރެއިން ދޫކޮށްލާ ކޮންމެ ރަހީނަކަށް ފަލަސްތީނުގެ 15 ހަށިގަނޑު އަނބުރާ ދިނުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
ޣައްޒާގެ ހަނގުރާމަ ނިންމާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ރިޕޯޓުތައް ބުނާގޮތުން އެ ހަށިގަނޑުތައް ހަވާލުކުރީ ހަމާސްގެ ބެލުމުގެ ދަށުގައި އޮތް އިސްރާއީލުގެ ފުލުސް އޮފިސަރު ރަން ގްވިލީގެ ހަށިގަނޑު މި މަހުގެ ކުރީކޮޅު އިސްރާއީލާ ހަވާލުކުރުމުންނެވެ.
މިގޮތުން ފަލަސްތީނު މީހުންގެ ހަށިގަނޑުތައް ގެންދިޔައީ ޣައްޒާ ސިޓީގެ ޝިފާ ހޮސްޕިޓަލަށް ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.



