ބާ މުސްހަފުތައް ނައްތާލަން މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލި މުއްދަތު އިތުރުކޮށްްފިއެވެ.
މާލެ ސިޓީ ކައުންސިލުން މި މަހުގެ 23 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާ (ސ)ގެ ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، އެ އިދާރާ އާ ހަވާލު ކުރުމަށެވެ.
މާލެ ސިޓީ ކައުންސިލުން މި މަހުގެ 23 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ތަކާއި ކީރިތި ރަސޫލާ (ސ)ގެ ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، އެ އިދާރާ އާ ހަވާލު ކުރަން އަންގާފައެވެ.
އެ ބަޔާނުގައި ސިޓީ ކައުންސިލުން ބުނީ 24 ޖެނުއަރީ ވާ ހޮނިހިރު ދުވަހުން ފެށިގެން، 29 ޖެނުއަރީ ވާ ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް އެފަދަ ފޮތްތަކާއި މުސްހަފްތައް އެ ކައުންސިލާ ހަވާލުކުރެވޭނެ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގެ 3 ތަނަކުން އެފަދަ ފޮތްތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ޙުުމާލެއިން އެ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ ) އިންނެވެ.
އަދި ވިލިމާލެ އިން މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަނުންނެވެ. މީގެ އިތުރުން ހުޅުމާލެ އިން މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީހުންނެވެ.
މިކަމަށް އިޝާރާތްކޮށް ސިޓީ ކައުންސިލުން ބުނީ މާލެ އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު 31 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހުން ފެށިގެން، 5 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހަށް އިތުރުކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް މުސްހަފުތައް ބަލައިގަންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން މާލެއިން އެ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ ) އިންނެވެ.
އަދި ވިލިމާލެ އިން މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަނުންނެވެ.
އަދި ހުޅުމާލެ އިން މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީހުންނެވެ.
އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރުމަށް، 7994565 އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.



