ހިޔާ ފްލެޓްގެ އެޗް-5 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ހުޅުމާލެ ފޭސް ދޭއްްގެ ހިޔާ ފުލެޓް އެޗް-5 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ހުޅުމާލެ ފަޔާ އެންޑް ރެސްކިޔުއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަލިފާން ރޯވީ ލިފްޓުގެ ވައިގޮޅިއެއްގައެވެ.
އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހިޔާ 5 ވަނަ ޓަވަރުގެ 24 ވަނަ ފަންގިފިލާގައެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ޓަވަރުން މީހުންވެސް ވަނީ ހުސްކޮށްފައެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.




