ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް މިއަދު ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ.
މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭ، 100 އިންސައްތަ ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުސަތެއް ކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު ލިބޭނީ http://swipe.mvމެދުވެރިކޮށް ރަޖިސްޓަރވާ ފުރަތަމަ 5،000 ކަސްޓަމަރުންނަށް ކަމުގައިވެސް އެ ބޭންކުން ބުނެފައިވެއެވެ.
މީގެއިތުރުން ރަޖިސްޓަރ ވުމަށްފަހު ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައް ބޭނުންކުރެވޭނެ ކަމަށާއި އެގޮތުން ޕަރސަން ޓު ޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެ ކަމުގައި ބީއެމްއެލްއިން ބުންޏެވެ.
އަދި ޕޭމަންޓް ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް، ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެއެވެ.
ސްވައިޕް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެއެވެ.


