އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރަން 3،400 އަށް ވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން 1،865 ފޯމު އިއްޔެގެ ނިޔަލަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ކެންޑިޑެސީ ގަބޫލުކުރީ 1،556 މީހެއްގެ ކަމަށެވެ. އަދި 309 މީހެއްގެ ކެންޑިޑެންސީ ގަބޫލު ނުކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެގޮތުން ކެންޑިޑެންސީ ގަބޫލުނުކުރި މީހުންގެ ތެރެއިން 286 މީހަކު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން އަލުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ބުންޏެވެ.
އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ފޯމުތަކުގެ ތެރެއިން 1،548 މީހެއްގެ ކެންޑިޑެންސީ ގަބޫލުކޮށްފައިވާއިރު، 216 މީހެއްގެ ކެންޑިޑެންސީ ގަބޫލުނުކުރަން އީސީން ނިންމާފައިވެ އެވެ. އަދި ކެންޑިޑެންސީ ގަބޫލުނުކުރި މީހުންގެ ތެރެއިން 192 މީހަކު ވަނީ އަލުން ފޯމު ހުށަހަޅައިފައެވެ.
އީސީން ބުނި ގޮތުގައި އާންމުކޮށް ކެންޑިޑެންސީ ގަބޫލުނުކުރީ:
° ކުށާއި ދަރަނީގެ ރެކޯޑް އުމުރަށް ހުށަހަޅާފައި ނުވުމުން
° ކުށެއް ނުވަތަ ދަރަންޏެއް އޮތް ނަމަ، އެކަމުގެ ތަފްސީލު ހުށަހަޅާފައި ނުވުމުން
° ކަރެޝަނަލް ސާވިސް އިން ފުރިހަމަކޮށް ހުށަހަޅަން ޖެހޭ ކުށުގެ ރެކޯޑް ހުށަހަޅާފައި ނުވުމުން




