ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 8 މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ޑްރަގް އެންފޯސްމެންޓް އިން ހުޅުމާލެ ފޭސް-1ގައި ރޭ ހިންގި އޮޕަރޭޝަނުގައި 8 ދިވެހިން ހައްޔަރުކޮށްފައި ވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެނަކާއި، ހަތް ފިރިހެނުން ފިރިހެނުންކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި އޮޕަރޭޝަނާއި ބެހޭ އިތުރު ތަފުސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.


