އެމްއެމްޕިއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު، ދުބާއީގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގައި މީޑިއާ އަށް ދެއްވި އިންޓަވިއުއަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އެބަދެއެވެ.
ހަތަރު ކެޓަގަރީ އަކުން ރާއްޖެއަށް އެވޯޑު ލިބުނު މި ހަފްލާގައި މީޑިއާ އާއި ވާހަކަ ދައްކަމުން ނޫރައިން ވިދާޅުވީ އަނެއްކާވެސް ރާއްޖެއަށް ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑު ލިބުމުން އުފާ ކުރާ ކަމަށާއި އެކަމާއިމެދު ފަހުރުވެރިވާ ކަމަށެވެ. އަދި،އެމްއެމްޕީއާރުސީން މިހާރު އެންމެ ބޮޑަށް އުއްމީދުކުރަމުންދަނީ މިއަހަރު ފަހުކޮޅު އިއުލާންކުރާ ވޯލްޑް ޓްރެވެލް އެވޯޑްސްގެ މުޅި ދުނިޔޭގެ ކެޓަގަރީތަކުން ޝަރަފުވެރި އެވޯޑްތަކެއް ހާސިލް ކުރުމަށްކަމަށް ނޫރައިން ވިދާޅުވި އެވެ.
ނޫރައިންގެ އިންޓަވިއު ވީޑިއޯ:
މީސްމީޑިއާގައި ”އެމްވީކްރައިސިސް“ އިން މި ވީޑިއޯ އާއިއެކު ކުރި ޕޯސްޓެއްގައި ގިނަ ބަޔަކު ދަނީ ނޫރައިންއަށް ތައުރީފު ކުރަމުންނެވެ. ނޫރައިން ގެ ބަސްމޮށުންތެރިކަމާއި ވާހަކަ ދެއްކުމަށް ފަރިތަކަން ފާހަގަ ކުރަމުން ގިނަ ބަޔަކު ބުނެފައިވަނީ އޭނާ ދުނިޔޭގައި ރާއްޖެ ތަމްސީލު ކުރާތީ ފަޚުރުވެރިވާ ކަމަށެވެ.
އިނގިރޭސި ބަހުން ނޫރައިން ދެއްވި އިންޓަވިއުގައި ނޫސްވެރިޔާ ކުރި ސުވާލުތަކަށް އޭނާ ދެއްވި އަވަސް އަދި ހުޝިޔާރު ޖަވާބުތަކަށްވެސް ތައުރީފު ކުރަމުން ބައެއް ފަރާތްތަކުން ބުނީ ނޫރައިން ފަދަ ކަނބަލުން ރާއްޖޭގެ ޓޫރިޒަމްގެ ހުންގާނުގައި ތިބިއްޔާ އެ އިންޑަސްޓްރީ ބޮޑު ތަނުން ކުރި އަރާނެ ކަމަށެވެ.
”މިފެންވަރަށް އިންޓަވިއު ނުދެވެންޔާ ރައްޔިތުން ފާޑުކިޔާނެ“ – މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
އަދި ބައެއް ފަރާތްތަކުން ބުނަމުންދަނީ ޓުއަރިޒަމް މިނިސްޓަރު ކަމަށްވެސް ނޫރައިން ”ވޮންޑަފުލް“ ވާނެ ކަމަށެވެ.
How wonderfully proud it would have been if she was our tourism minister.
There are thousands of capable women like her who can represent maldives at its best. But I guess politics is too dirty a business to have our finest minds representing us. https://t.co/Hlup5mloSm— AishathShifana (@aishwajyh) May 10, 2024
ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ނޫރައިން އަކީ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕުގެ (ހަރިމް) ގެ ވައިސް ޗެއާޕާސަންއެވެ. އަދި އޭނާ އަކީ 10 އަހަރު ދުވަހުގެ މެނޭޖްމެންޓް ތަޖުރިބާ ހުރި ޗާޓާޑް އެކައުންޓެންޓެކެވެ. އޭނާ އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ.




2 Comments
ޖަނާހު ގެ ދަރިއެއް ގޯހެއް ނުވާނެ. ވަރަށް ސަޅި. ހަބޭސް އިންޓަވިއު. ޕްރައުޑް އޮފް ޔޫ.
ޓުއަރިޒަމް މިނިސްޓަރު ކަމަށް ދޮންވެ ފައްކާ ވެފަ! ޜައީސް މުއިއްޒު، އަވަހަށް ނޫރޭން އައްޔަނު ކޮށްދެއްވާ