ހޮޑުލައި ބޭރަށް ހިންގުމުގެ ރޯގާ މާލެ ސަރަހައްދުގައި ފެތުރެން ފަށައިފިއެވެ.
މި ރޯގާގައި ގިނަ ބަޔަކު ބަލިވެ މިހާރުވެސް ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަން ފަށައިފިއެވެ. އަދި ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން ކިޔުގައި ތިބިއިރު ވެސް ހޮޑުލައި މަންޒަރު ވަނީ ފެނިފައެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ސްކޫލު ބަންދު ތެރޭގައި ފެތުރެން ފއށި މި ރޯގާ، މިހާރު އަންނަނީ ދުވަހުން ދުވަހަކަށް އިތުރު ވަމުންނެވެ.
މި ރޯގާއާ ބެހޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ކަމުގައިވީނަމަވެސް، މިދިޔަ ހަފްތާގައި އެ އެޖެންސީން ވަނީ ބޭރަށް ހިންގާނަމަ ސަމާލުވާންވީ ކަންތައްތައް ލިޔެފައިވާ ޕޯސްޓެއް އާންމުކޮށްފައެވެ.
އެގޮތުން އެ ޕޯސްޓުގައި ބުނެފައިވަނީ:
° ބޭރަށް ހިންގާ ނަމަ ގިނައިން ފެންބޮއެ، އޯއާރުއެސް އަދި ސޫޕް ކަހަލަ ދިޔާ އެއްޗެހި ބޭނުން ކުރުމަށް
° ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް
° ފާހާނާ ކުރުމަށް ފަހުގައި އަދި ކާ އެއްޗެހި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން
° ބަލިވެ އުޅޭ ނަމަ ސްކޫލަށް ނުވަތަ ވަޒީފާއަށް ނުދިޔުން



