ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބުގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޑރ. ވަޙީދު މަޤާމުން އިސްތިޢުފާ ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީ، މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސް އޮފީހަށް ހުށަހަޅުއްވާފައެވެ. ނަމަވެސް، އެމަނިކުފާނު މަޤާމުން އިސްތިޢުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ އެންވޯއިއަކަށް, ވަހީދު އައްޔަން ކުރެއްވީ މީގެ އަށް މަސް ކުރިން, މެއި, 26, 2025 ގައެވެ. އެއީ ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށްޓަކައެވެ.



