އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރޯދަމަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް މި އަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ވަނީ އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ ބްރާންޗުތައް ވެސް މިއަދު ހާމަކޮށްފައެވެ.
އެގޮތުން ބީއެމްއެލް މެދުވެރިކޮށް އުމްރާވެރިންނަށް ޑޮލަރު ގަނެވޭނެ ތަންތަނަކީ:
° އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސާވިސް ސެންޓަރުގެ އެންމެ ތިރީ ފަންގިފިލާ؛ މި ހިދުމަތް ހޯދުމަށް އެ ސެންޓަރުން ނަމްބަރު ނެގޭނެ
° އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗުތަކުން ޑޮލަރު ގަތުމުގެ ހިދުމަތް ލިބޭނެ
ބީއެމްއެލް އިން ބުނީ މި ހިދުމަތް ދޭ ދުވަސްތަކުގައި، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗު، މެއިން ބްރާންޗު، ހުޅުމާލެ ބްރާންޗު އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ.
މި ހިދުމަތް ދެނީ، މި މަހު 8 އިން 26ގެ ނިޔަލަށް ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.




