ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ޚާއްސަ މެހެމާންދާރީގައި ކުރައްވަމުން ގެންދަވާ ޢުމްރާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު މަދީނާއަށް ވަޑައިގެންފިއެވެ.
މަދީނާގެ އެއާޕޯޓައް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މަދީނާ ގެ ގަވަރުނަރު ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އެވެ.
މި ދަތުރުފުޅުގައި ރައީސް ގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޟްގެ އިތުރުން ރައީސް އޮފީހުގެ 2 މިނިސްޓަރުން ކަމުގައިވާ އަލީ އާރިފްއާއި އަބްދުﷲ ނަސީރު ވެސް ބައިވެރިވަޑައިގެންނެވިއެވެ.



