ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ، ސިވިލް ސާވިސަސްގައި މަސައްކަތްކުރާ، ބެލެނިވެރިންނަށް ގޭގައި މަސައްކަތް ކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ހުޅުވައިދެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި މަސައްކަތް ކުރެވޭނެ ފުރުސަތު އަންނަ މާރިޗު މަހުން ފެށިގެން ލިބޭނެ ކަމަށެވެ.
ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ.
”ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަށްދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރަން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުސަތު މި އަހަރު މާރިޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



