ލ.ގަމުގައި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކުރި އައު މިސްކިތް ”ތުނޑީ ބަނދަރު މިސްކިތް“، ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިއަދުގެ ހުކުރު ނަމާދު ވަގުތަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
މުޅިއަދު 342 މީހުންގެ ޖާގަ ހިމެނޭ މި މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 11 މެއި 2023 ގައެވެ.

މި ސަރުކާރުން ވަނީ ވޭތުވެދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރުއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު މުޅިއެކު 90 މަޝްރޫޢުގެ ކުރިއަށް ގެންގޮސްފައެވެ.
މީގެ ތެރެއިން ހއ.ދިއްދޫ އިސްލާމީ މަރުކަޒާއި، 10 ރަށެއްގެ މިސްކިތް ނިންމާ ހުޅުވާފައިވާއިރު، ރަމަޟާން މަހުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުނޭކަން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
ރައްޔިތުންގެ ހޭލުންތެރިކަން ދީނީގޮތުން އިތުރުކޮށް، މިސްކިތްތަކުގައި ދީނީ ޢިލްމު ފެތުރުމަށް މަގުފަހިކުރާ ތަންތަނަށް ހެދުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.



