އެމްޓީސީސީގެ ”ސާބަސް ޔަންމާ ޕްރޮމޯ 2026“ ރޭގައި ފަށައިފިއެވެ.
މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން ބޭއްވި ހަފުލާއެއްގައި އެމްޓީސީސީގެ މި ޕްރޮމޯ ފައްޓަވައިދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.
”ސާބަސް ޔަންމާ ޕްރޮމޯ 2026“ މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 15 އިން އަންނަ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޔަންމާ އިންޖީނު ވިއްކުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 31 މާރިޗު ނުވަތަ އެ ދުވަހުގެ ކުރިން 10 އިންސައްތައިގެ ބުކިންގ ފީއެއް ދައްކައިގެން އިންޖީނުގެ އޯޑަރު ޔަޤީން ކުރަން ޖެހޭނެކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މިއަހަރުގެ މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރަކީ އެމްޓީސީސީއެވެ. މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން މެރިން އުފެއްދުންތަކާއި، އައު ޚިދުމަތްތައް ތަޢާރަފު ކުރާނެކަމަށާއި، އެކުންފުނީގެ ވިޔަފާރީގެ ބައިވެރިން ކަމުގައިވާ ޔަންމާއާއި ކާސްޓްރޯލް ކުންފުނިތަކުގެ އިސް ވެރިންނާއެކު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ، އަގުހުރި މަޢުލޫމާތުތަކެއް ޙިއްސާ ކުރާނެކަމަށް އެމްޓީސީސީން މައުލޫމާތު ދިނެވެ.


