ގއ މާމެންދޫ ފިހާރައަކުން ވައްކަން ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މާމެންދޫ ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލައެއް އިއްޔެ ރިޕޯޓްކުރުމާއި ގުޅިގެން އެ މައްސަލަ ބަލަން ފަށާފައިވާކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިން ފައިސާއާއި އެހެނިހެން ތަކެތި ވަގަށް ނަގާފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



