ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވެފައިވާ ކަމަށާއި ކުރިއަށް އޮތް ހަތަރު ދުވަހަށް އެހާލަތުގައި އޮންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ދުންފުހުގެ އަސަރު ހުރީ ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް ކަމަށާއި ކުރިއަށް އޮތް ހަތަރު ދުވަހު އެ ހާލަތު ދެމި އޮންނާނެ ކަމަށެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އެއީ ވައިގެ ނުސާފުކަން އެންމެންނަށް ނުރައްކާވާ މިންވަރެވެ.
މާސްކް އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށް ބުނެފައިވާ ގޮތުގައި ވިލިމާލޭގައި ވައިނުސާފު މިންވަރު ހުރީ 163 ގައެވެ.



