މާލެ ސްކޭޕިން މަޝްރޫއުގެ ދަށުން، ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން މިއަދު އަންގައިފިއެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތައް މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނީ ސުނާމީ ބިނާ މައިޒާން ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދު ހަވީރު 6:00 ގެ ކުރިން ނަގައި އެ ސަރަހައްދު ހުސްކުރުމަށް އެދޭ ކަމަށެވެ.
ސުނާމީ ބިނާ މައިޒާން ހިމެނޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އުޅަނދުތައް ހުސްކުރަންވީ ސަރަހައްދު ފެންނަ ޗާޓެއް ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތައް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.



