މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުން އެލައިޑް އިންޝުއަރަންސް ހަމަޖައްސައިފިއެވެ.
އެ އެކްސްޕޯގައި އެލައިޑުން ބައިވެރިވެ، މެރިން އިންޑަސްޓްރީއަށް ޙާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މިދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ވެސް ވަނީ ހިއްސާކުރެވިފައެވެ.
އެލައިޑުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މެރިން އެކްސްޕޯގައި ބައިވެރިވަމުންނެވެ. އެ ކުންފުނިން ދެކޭގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު އެމީހުންނަށް ހިއްސާކޮށް، މިކަމުގެ މުހިންމުކަށް އަންގައިދިނުމެވެ.
މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މަޢުލޫމާތުވެސް މިއެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފައެވެ.
މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮމޯޝަނެއްވެސް ހިންގާފައެވެ.
މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8،000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރ ވަނީ ހަވާލުކޮށްފައެވެ. މެރިން އެކްސްޕޯއާއި ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.
މިޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކޮށް، ސްޓޯލުގައި ކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.
މިފަދަ އެކްސްޕޯތަކުގައި އެލައިޑުން ބައިވެރިވުމަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދެމުންގެންދާ އަހައްމިއްޔަތު ހާމަވެގެންދާ ކަމެއް ކަމުގައި އެލައިޑުން ބުންޏެވެ.




