ގޭހަށް ނުޖެހޭނެ ކަމަށާއި 10 ކިލޯގެ ގޭސްފުޅި އަންނަ ހަފްތާއިން ފެށިގެން ލިބެން ހުންނާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ރޭގައި ބުނެފިއެވެ.
އެސްޓީއޯއިން ބުނެފައިވަނީ، ކައްކާ ގޭހުގެ ސަޕްލައި އަށް އައިސްފައިވާ ލޮލުންތަކުގެ އަސަރު މި ވަގުތު ދިމާވެފައި ވިޔަސް ވަރަށް އަވަހަށް މައްސަލަ އެއްކޮށް ހައްލުވެ، ކުރިއެކޭ އެއްގޮތަށް ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، ގޭހުގެ ސަޕްލައި އަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން ’ކޮންޓްރޯލްކޮށް“ ގޭސް ވިއްކުމަކީ ކުރާ ކަމެއް ކަމަށެވެ.
ނަމަވެސް އަންނަ ހަފުތާގައި އެ މައްސަލަ އެއްކޮށް ހައްލުވެ، ކުރީގެ ގޮތަށް 10 ކިލޯގެ ގޭސްފުޅި ވިއްކަން ފަށާނެ ކަމަށް ޝާހު ވިދާޅުވިއެވެ.
”ގޭހެއް ހުހެއް ނުވޭ. އަޅުގަނޑުމެންނަށް މެނޭޖު ކުރެވޭނެ. ރަމަޟާން މަހަކީ އެހެން މަސްމަހާ ތަފާތުކޮށް، ކެއްކުމާއި ކެއިންބުއިމުގެ ކަންކަމުގައި ހާއްސަ މަހެއް ކަމަށް ވުމާއެކު، މޯލްޑިވް ގޭހުން ވެސް އަންނަނީ އެ މަހަށް ތައްޔާރުވުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރަމުން.“ ޝާހު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހު ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް އަބަދުވެސް އެސްޓީއޯއިން ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.



