މިއަހަރުގެ ރަމަޟާން މަހު މާލޭގައި 8 އަދި އަތޮޅުތެރޭގައި 10 އިޙްޔާ ފޯރަމް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
° ފޯރަމްތަކުގެ ތާވަލު:
– ފޯރަމް 1 : ތ. ދިޔަމިގިލި
3 ރަމަޟާން 1447 (20 ފެބްރުއަރީ 2026، ހުކުރު):
މައުޟޫއު: ރަމަޟާން މަހުގެ މާތްކަން
ޢިލްމުވެރިޔާ: އައްޝައިޚް ޢާޒިމު ޙާލިދު
– ފޯރަމް 2 : ގދ. ތިނަދޫ
6 ރަމަޟާން 1447 (23 ފެބްރުއަރީ 2026، ހޯމަ):
މައުޟޫއު: އަޅުކަންތަކުގައި އެކުލެވޭ ޢިބުރަތްތައް
ޢިލްމުވެރިޔާ: އައްޝައިޚް ޢުސާމް މުޙައްމަދު ސަޢީދު
– ފޯރަމް 3 : ރަށް: ގދ. މަޑަވެލި
7 ރަމަޟާން 1447 (24 ފެބްރުއަރީ 2026، އަންގާރަ):
މައުޟޫއު: ޤުރްއާނުގެ އުންމަތް
ޢިލްމުވެރިޔާ: އައްޝައިޚް ޢަބްދުﷲ މިފްޒާލު
– ފޯރަމް 4 : ގދ. ގައްދޫ
8 ރަމަޟާން 1447 (25 ފެބްރުއަރީ 2026، ބުދަ):
މައުޟޫއު: ނަބަވީ މަދަރުސާ: އުނގަންނައި ދިނުމުގެ ލާމަސީލު ނަމޫނާ
ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު އިމްތިތާޢު
– ފޯރަމް 5 : ހއ. އިހަވަންދޫ
10 ރަމަޟާން 1447 (27 ފެބްރުއަރީ 2026، ހުކުރު):
މައުޟޫއު: މައިންބަފައިންނާއި ދަރިންގެ ގުޅުން – ހުސްކަން ނައްތާލުން
ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު ސާމީ
ފޯރަމް 6 : ރަށް: ޅ. ނައިފަރު
14 ރަމަޟާން 1447 (3 މާރޗު 2026، އަންގާރަ):
މައުޟޫއު: ހިތުގެ ހަމަޖެހުން
ޢިލްމުވެރިޔާ: އައްޝައިޚް މުޠީޢު އިސްމާޢީލު
– ފޯރަމް 7 : ކ. ހިންމަފުށި
15 ރަމަޟާން 1447 (4 މާރޗު 2026، ބުދަ):
މައުޟޫއު: އަޅުކަން މަޤުބޫލުވުން
ޢިލްމުވެރިޔާ: އައްޝައިޚް ޙަސަން ތަޢުފީޤު
– ފޯރަމް 8 : ކ. ގުރައިދޫ
17 ރަމަޟާން 1447 (6 މާރޗު 2026، ހުކުރު):
މައުޟޫއު: އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކާ މެދު ސުވާލުވެވޭނެ
ޢިލްމުވެރިޔާ: އައްޝައިޚް އަޙްމަދު މަޢުމޫން
– ފޯރަމް 9 : ލ. މާވަށް
20 ރަމަޟާން 1447 (9 މާރޗު 2026، ހޯމަ):
މައުޟޫއު: ފާފައިގެ އަޡަރު – ދުނިޔެއާއި އާޚިރަތުގައި
ޢިލްމުވެރިޔާ: އައްޝައިޚް ޢަޠީފް އަބޫބަކުރު
– ފޯރަމް 10 : ރ. މީދޫ
22 ރަމަޟާން 1447 (11 މާރިޗު 2026، ބުދަ):
މައުޟޫއު: ދީނުގައި ސާބިތުވުން
ޢިލްމުވެރިޔާ: އައްޝައިޚް ޢަލީ ޝަހީދު



