މި އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށްް ވާދަކުރާ ކެންޑިޑޭޓުންގެ ނަން މިއަދު ތަރުތީބުކޮށް އާއްމުކޮށްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަން ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ ޕީއެންއެފްގެ އިތުރުން އެމްޑީއޭއިންނެވެ. މީގެއިތުރުން އަމިއްލަ ގޮތުންވެސް ބައެއް ކެނޑިޑޭޓުން މާލޭ ސިޓީއަށް ވާދަކުރެއެވެ.
މޭޔަރުންގެ ގުރު ތަރުތީބު:
1. އަހްމަދު އައިހަމް (އަމިއްލަ ކެންޑިޑޭޓް)
2. އިސްމާއިލް 6ޒަރިޔަންދު (އަމިއްލަ ކެންޑިޑޭޓް)
3. އާދަމް އާާޒިމް ( އެމްޑީޕީ)
4. މޫސާ އަލީ ޖަލީލް (ޕީއެންސީ)
5. އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ)



