މިއަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ހުށައެޅި 32 މީހަކު މިހާތަނަށް ނަން ނަގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މޮ އިންތިހާބުގައި ވާދަކުރަން ނަން ހުށައެޅި ފަރާތްތަކަށް ނަން އަނބުރާ ނެގުމަށް އޮތް ވަގުތު މިއަދު 10:00 ވަނީ ހަމަވެފައެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ނަން އަނބުރާ ނަގަން ދިން ވަގުތު ހަމަވިއިރު 32 މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން 31 މީހުންނަކީ އަންހެނުން ކަމަށާއި އެއީ މުޅިންވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ވާދަކުރަން ނަން ހުށައެޅި ފަރާތްތައް ކަމަށްވެސް ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި 5 ސިޔާސީ ޕާޓީއަކުން 1116 މީހުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަނީ 267 ކެންޑިޑޭޓުންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް:
° ޕީއެންސީ 658 ކެންޑިޑޭޓުން
° އެމްޑީޕީ 417 ކެންޑިޑޭޓުން
° ޖުމްހޫރީ ޕާޓީ 7 ކެންޑިޑޭޓުން
° މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 28 ކެންޑިޑޭޓުން
° އަދާލަތު ޕާޓީ 6 ކެންޑިޑޭޓުން




