އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ފުލުހަށް ހާޒިރުވާން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ ސްކޭމެއްގެ މައްސަލައިގައި ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ތިން މީހަކަށް އަންގައި އިޢުލާންކޮށްފައިވާ ކަމަށެވެ.
އެ ތިން މީހުންނަކީ:
° ޝާފިޢު ޝިހާބު (33އ)، ދާގަނޑުކެކުރިގެ / ސ. ހިތަދޫ
° ނަދީފް މުޙައްމަދު (36އ)، ރަންކޮކާގެ / ގއ. ގެމަނަފުށި
° އަޙްމަދު އާދަމް (40އ)، ޖަވާހިރުވާދީ / ތ. މަޑިފުށި
މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް އެ ތިން މީހުން ވެސް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ޙާޟިރުވާން އަންގައިފައި ވަނީ މި މަހު 18ވަނަ ދުވަހު 14:00 އަށެވެ.



