އަންނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ޖޫން އަދި ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.
އެ މުބާރާތް އަންނަ އަހަރުގެ މެދުތެރޭގައި ބާއްވަން ނިންމާފައިވާކަން، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ޓަންޒޭނިއާގެ ދާރައްސަލާމުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އިއުލާންކޮށްފައެވެ.
އެކަން އިއުލާން ކުރެއްވީ އެ ކޮންފެޑެރޭޝަންގެ ރައީސް ޕެޓްރީސް މޮޓްސެޕޭ އެވެ.
އެފްރިކަން ކަޕް ބާއްވަން ފެށިތާ އަންނަ އަހަރަށް 70 އަހަރު ވެސް ފުރޭނެއެވެ.
އެގޮތުން ކާފް އިން ވަނީ މުޅިން އަލަށް ތިން ގައުމެއްގައި މި މުބާރާތް ބާއްވާ ގޮތަށް 2023 ގައި ހަމަޖައްސައިފައެވެ. އެއީ:
° ކެންޔާ
° ޓެންޒޭނިއާ
° ޔުގާންޑާ
މި މުބާރާތް ވާނީ 1976 ގައި އިތިއޯޕިއާގައި ބޭއްވި މުބާރާތަށްފަހު، އީސްޓް އެފްރިކާ ސަރަހައްދުގައި ބާއްވާ ފުރަތަމަ މުބާރާތަށެވެ.
އެފްކޮން އަކީ އާއްމުކޮށް އަހަރުގެ ފަހުކޮޅު ނުވަތަ އަހަރުގެ ކުރީކޮޅު ފަށާ މުބާރާތަކަށް ވެފައި އޮތުމުން، ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅޭ އެފްރިކާ ބައްރުގެ ކުޅުންތެރިން، ސީޒަން ތެރޭގައި ގައުމީ ޓީމަށް ވީއްލަން ޖެހޭތީ އެ ކްލަބްތަކުން ދަނީ އަބަދުވެސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ކާފްގެ މި އާ ނިންމުމާ އެކު، ކްލަބްތަކުގެ އެ ހާސްކަން ފިލައި ދާނެ ކަމަށް އެފްކޮން އިން ދެކެއެވެ.



