އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު، ސްޕޯޓްސް މިނިސްޓްރީން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ އެވޯﷲު ހަފުލާ މާދަމާ ރޭ ބާއްވަން ތައްޔާރު ވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2022 ގައި ތައާރަފު ކުރި އެވޯޑުގެ ހަފުލާ ނުބާއްވަނީ މިދިޔަ އަހަރު އެކަންޏެވެ. އެއާ އެކު، އާންމު އުސޫލަށް އެވޯޑް އަލުން ފައްތާ ނަމަ މި އަހަރު ސްޕޯޓްސް އެވޯޑްގެ ދެ ހަފުލާ ބާއްވަން ޖެހެއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، 2025 ގެ އެވޯޑް ހަފުލާ ވެސް މި އަހަރު ބާއްވާނެ ކަމަށެވެ.
”ވިސްނުމަކީ އަހަރުގެ ފަހުކޮޅު 2025 ގެ ހަފުލާ ބާއްވުން،“ މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ބާއްވަންޖެހޭ 2024 ގެ ސްޕޯޓްސް އެވޯޑް ހަފުލާ މާދަމާ ރޭ ސޯޝަން ސެންޓަރުގައި ބާއްވަން ނިންމައި، ހަފުލާގެ ދައުވަތު ކުޅިވަރު ދާއިރާގެ ހިންގުންތެރިންނާއި އެތުލީޓުން އަދި މިީޑިއާތަކަށް ވެސް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ ފޮނުވައިފައެވެ.
ސްޕޯޓްސް އެވޯޑް އެންމެ ފަހުން ބޭއްވީ އޮކްޓޯބަރު 2024 ގައެވެ. އެއީ 2023 ގެ އެވޯޑް ހަފުލާ އެވެ.



